Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަރައިލި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވަނީ!

މަރައިލި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވަނީ!

މީގެ ދުވަސްކޮޅެއް ކުރިން ރަހީނުކޮށް މަރައިލައިފައިވާ އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވަން ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ، ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހަފްތާގައި އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މި ކުއްޖާ ރަހީނުކޮށް މަރައިލައި އަދި ފޮށްޓަކަށް ލައި ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނީ މި މަހު 22 ވަނަ ދުވަހުއެވެ.

Advertisement
Ooredoo — Square (box)

މި ހާދިސާއާ ގުޅިގެން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދެމީހުންނަކީ ވެސް މަރައިލި ކުއްޖާގެ ރައްޓެހިންނެވެ. މި މައްސަލަ ފުލުހާއި ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ. މި މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ނުދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް