Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޫއްޑޫން އިތުރު 8 މީހުން ކޮވިޑަށް ފައްސިވެއްޖެ

ކޫއްޑޫން އިތުރު 8 މީހުން ކޮވިޑަށް ފައްސިވެއްޖެ
ކޫއްޑޫން އިތުރު 8 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ ހިސާބުތަކަށް ބަލާއިރު ކޫއްޑޫން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް-19އަށް 8 މީހަކު ވަނީ ފައްސިވެފައެވެ. މިކަމާ ގުޅިގެން އަލަށް ފައްސިވި 8 ފަރާތް ކަރަންޓީނު ކުރެވި، ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއާ އެކު ކޫއްޑޫއިން ފައްސިވި މީހުންގެ ޖުމުލަ އަދަދު ވަނީ 40އަށް އަރައިފައެވެ. މިއަދު އެ ރަށުން 08 މީހަކު ފައްސިވި އިރު މިހާތަނަށް 09 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެއާ އެކު އެރަށުގެ ހަރަކާތްތެރި ވޭދަނަތަކުގެ އަދަދު ވަނީ 31އަށް އަރައިފައެވެ. ކޫއްޑޫ "ރަންދި26" ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިން ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ކޫއްޑޫން މަސްކިރުވި 25 ދޯންޏެއްގެ ފަޅުވެރިން ވަނީ ކަރަންޓީނު ކުރެވިފައެވެ. އަދި ގުޅުން ހުރި ވޭދަނަތަކެއް ގއ.މާމެންދޫއާއި ގއ.ކޮލަމާފުށިން ވެސް ވަނީ ފެނިފައެވެ. މިކަމާ ގުޅިގެން ކޫއްޑޫ މޮނިޓަރިން ހާލަތަށް ލެވިފައި ވަނީ ޖޫން 12 ގައެވެ. ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއިން ވަނީ އެއްވެސް ފަރާތަކަށް ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސް ނުކުރައްވައި ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް