Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

ރޮޒައިނާއަށް މަޖިލިސް ތެރޭގައި ހަނގާ ކުރާ ކަމަށް ވިދާޅުވެއްޖެ

ރޮޒައިނާއަށް މަޖިލިސް ތެރޭގައި ހަނގާ ކުރާ ކަމަށް ވިދާޅުވެއްޖެ

ރައްޔިތުން މަޖިލީހުގެ ތެރޭގައި ހަނގާ ކުރުމުގެ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ދެކެވަޑައިގަންނަވާ ގޮތެއް ހާމަ ކުރުމަކީ ސިޔާސީ ގޮތުން “ދޮން މަންމަ”ކިޔަން ޖެހޭ ނަމެއް ނަމަ، އެކަން “ތައުރީފްއެއް ގޮތުގައި ބަލައިގަންނަ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ތެރެއިން އެމްޑީޕީ މެންބަރުންގެ ފަރާތުން ހަނގާ ކުރުމާ ކުރިމަތިލާން ޖެހޭ ކަމަށް ރޮޒައިނާ ވަނީ ފުރަތަމަ ފަހަރަށް އާންމު މަންސައެއްގައި ހާމަ ކުރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/roxeyna/status/1409205257096163328?s=21

މީގެ އިތުރުން ވެސް ރޮޒައިނާ ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ހަނގާ ކުރުމަކީ ހަމައެކަނި ސުކޫލުގައި ކުރާ ކަމެއް ނޫން ކަމަށާއި، އެކަމަނާއަށް ހަނގާ ކުރުމާ ކުރިމަތިލާން ޖެހެނީ ސުކޫލުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

އަދި ރޮޒައިނާ ފާހަގަކުރެއްވީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އިތުރުން އަމިއްލަ ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް ހަނގާ ކުރުމުގެ އަމަލުތައް އަމާޒުވެފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް