Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަނދުރާގެ 4 ޑިސްކެއް ހަލާކު ވެގެން ރައީސް ނަޝީދުގެ ހަށިފާރަވެރިޔާގެ އޮޕަރޭޝަނެއް ކުރަނީ

ކަނދުރާގެ 4 ޑިސްކެއް ހަލާކު ވެގެން ރައީސް ނަޝީދުގެ ހަށިފާރަވެރިޔާގެ އޮޕަރޭޝަނެއް ކުރަނީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިފާރަވެރިޔާ ސާޖަންޓް އިލްހާމް އާދަމްގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހިއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އިލްހާމްގެ ކަނދުރާގެ އޮޕަރޭޝަނެއް މާދަމާ ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އިލްހާމަށް ލިބުނު އަނިޔާއަކީ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި ލިބުނު އަނިޔާއެކެވެ.

Advertisement
HDC — Sidebar (box)

އިލްހާމްގެ ގާތް މީހަކު "ދެން"އަށް މައުލޫމާތު ދެމުން ބުނީ އިލްހާމްގެ ކަނދުރާގެ ހަތަރު ޑިސްކެއް ހަލާކު ވެގެން މާދަމާ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށާއި މިއީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި އިލްހާމަށް ލިބުނު އަނިޔާއެއް ކަމަށެވެ.

މި ހަމަލާ ދީފައިވަނީ ކުރުނބާގައި އޮތް ބައްދަލުވުމަކަށް ރައީސް ނަޝީދު ވަޑައިގަންނަވަން، ގެއިން ނިކުމެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވައިލައިގެންނެވެ. މި ހާދިސާ ހިނގިއިރު އެމަނިކުފާނާ އެންމެ ގާތުގައި ހުންނެވީ ވެސް އިލްހާމްއެވެ. އަދި ހަމަލާ ހިނގި ވަގުތު ރައީސް ނަޝީދު ބިންމަތިން ކާރުކޮޅަށް އެރުއްވީ ވެސް އިލްހާމެވެ. އެއިރު ވެސް އިލްހާމްއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް