Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަންހެންކުދިން ޚިތާނުކުރަން ވަކާލާތެއް ނުކުރަން: ޑރ. އިޔާޒު

އަންހެންކުދިން ޚިތާނުކުރަން ވަކާލާތެއް ނުކުރަން: ޑރ. އިޔާޒު

އަންހެންކުދިން ޚިތާނު ކުރަން އެއްވެސް މިންވަރަކަށް ވަކާލާތު ނުކުރައްވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އާބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒަކީ އަންހެނުން ޚިތާނު ކުރުމަށް ހިތްވަރު ދެއްވާ ބޭފުޅެއް ކަމުގައި ބުނެ މިދުވަސްވަރު އެތައް ބަޔަކު ދަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.

އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަންހެނުން ޚިތާނު ކުރުމަކީ އެއްވެސް އިރެއްގައި އެމަނިކުފާނު ވަކާލާތު ކުރެއްވި އަދި ވަކާލާތު ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

Advertisement
HDC — Sidebar (box)

"އެއީ ރާއްޖެއިން ނެތި ގޮސްފައިވާ އާދައެއް ކަމުގައިވާ ބެލެވޭއިރު، އެ އާދަ އަނބުރާ އިޔާދަ ކުރުމަށް އެއްވެސް މިންވަރަކަށް އަޅުގަނޑު ވަކާލާތެއް ނުކުރަން" ޑރ. އިޔާޒް ވިދާޅުވިފައިވެއެވެ.

އަންހެނުން ޚިތާނު ކުރުމުގެ މައްސަލައިގައި ޑރ. އިޔާޒް ޓްވީޓު ކުރި ހަމައެކަނި ސަބަބަކީ، އެކަމުގައި އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި މިކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން އަޅުގަނޑު ބަޔާންކޮށްދިނީ" ޑރ. އިޔާޒް ވިދާޅުވިއެވެ.

https://twitter.com/dr_iyaz/status/1409446564481835016?s=20

މީގެއިތުރުން ޑރ. އިޔާޒު ވިދާޅުވީ އަންހެނުން ޚިތާނު ކުރުމުގެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފު އޮތް ފަރުޢީ މައްސަލައެއް ކަމަށެވެ. އަދި ފަހުގެ ބައެއް އިލްމުވެރިން އެއީ ހަރާމް ކަމެއް ކަމުގައިވެސް ވިދާޅުވާ ކަަމަށާއި ހިލާފު އޮތް މައްސަލައެއްގައި އޮތީ އެންމެ ރައުޔެއްކަމުގައި ބަލައި، ދެން ހުރި ހުރިހާ ރައުޔަކީ ނެތް ރައުޔުތަކެއް ކަމުގައި ހެދުމަކީ އިލްމީ އަމާނާތްތެރި ގޮތެއް ނޫން ކަމުގައި ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް