Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެއް ޖިންސުގެ ކައިވެނިކޮށްދިން މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެއް ޖިންސުން ކައިވެނިކޮށްދިނުމަކީ ގާނޫނުން ހުއްދަ…

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ

ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދިން މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެއް ޖިންސުން ކައިވެނިކޮށްދިނުމަކީ ޤާނޫނުން ހުއްދަ ކަމަކަށް ނުވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ދީނަކީ އިސްލާމް ދީނަށް ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި އާންމު އިޖުތިމާޢީ އަދި އަޚުލާގީ މިންގަނޑުތަކާ ޚިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް އެފަދަ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ފުލުހުން އިލްތިމާސްކުރިއެވެ. އަދި އެފަދަ އަމަލު ހިންގާނަމަ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަނީ ދެ ފިރިހެނެއްގެ ރަމްޒީ ކައިވެންޏެއްގެ ހައްފާއެއް ބާއްވާ މަންޒަރެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް