Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތަށް ފަހު ހުޅުވާލައިފި

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތަށް ފަހު ހުޅުވާލައިފި

ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތަށް ފަހު ހުޅުވާލައިފިއެވެ.

ހުޅުމާލޭގެ ފަޅަށް ވަން ބާޖެއް ލަކުޑި ޖެޓީގައި ޖެހުމުގެ ސަބަބުން އެތަނުގެ އުތުރު ފަޅިއަށް ލިބުނު ބޮޑެތި ގެއްލުންތައް ރަނގަޅުކޮށް، މަރާމާތުކުރަން އެ ޖެޓީ ބަންދުކުރީ މިދިޔަ އޮގަސްޓުމަހުއެވެ.

އެ ފަހަރު ލިބުނު ގެއްލުމުގައި ފާލަމުގެ މައިގަނޑު އޮނިގަނޑަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެހެންކަމުން، އެ ސަރަހައްދު ބޭނުންކުރާ އާންމު ރައްޔިތުންނަށް ނުރައްކާތަކާ ކުރިމަތިވެދާނެތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖެޓީ ބަންދުކުރީކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް މިހާރު ހުޅުވާލައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް