ހުރިހާ ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެ

ރާއްޖޭގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންދިޔަ ހުރިހާ ރަށެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ފެނަކައިން ބުނީ އެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އެ ބަދަލާ އެކު އެންމެ ފަހުން ސްޓެލްކޯގެ ދަށަށް ހިދުމަތް ބަދަލުކުރީ ލ. ފޮނަދޫގެ ފެނަކަ ބްރާންޗްއެވެ.
އެކަން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވިއިރު ފޮނަދޫ ބްރާންޗްގައި ގައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒްއެވެ.
ފޮނަދޫގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށް ފަހު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ފޮނަދޫގެ ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވައި އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ދާގޮތް ބައްލަވާލައްވާފައިފައެވެ.
ސަރުކާރުން ވަނީ ފެނަކަ ކުންފުނި އުވާލަން ވެސް ނިންމައިފައެވެ.




ކޮމެންޓް