Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނަފުރަތު ނައްތައިލެވޭނީ އަދުލުވެރިވެގެން: ޑރ.ޝަހީމް

ނަފުރަތު ނައްތައިލެވޭނީ އަދުލުވެރިވެގެން: ޑރ.ޝަހީމް

ދީނާ ގުޅިގެން ރާއްޖޭގައި ނަފްރަތު އުފެދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަ ކުރުން ކަމަށާއި ނަފްރަތު ނައްތާލަން ބޭނުން ނަމަ ޖެހޭނީ އަދުލުވެރިވާން ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރުމަށް ފިޔަވަޅު ނޭޅޭ ކަމަށާއި ދީނީ އިލްމުވެރިއަކަށް ފެންނަ ރައުޔެއް ވިދާޅުވުމުން ބިރު ދައްކައި ކަންކަން ކުރާ ކަމަށެވެ.

"ރާއްޖޭގައި ދީނާ ގުޅިގެން ނަފްރަތު އުފެއްދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަ ކުރުން. އެއިން ކަމެއްގައި އެއްވެސް ފިޔަވަޅެއް ނޭޅޭ، އެކަމަކު ދީނީ އިލްމުވެރިއަކު އޭނާއަށް ފެންނަ ރައުޔެއް ބުނީމަ ބިރު ދައްކައި ކަންކަން ކުރަނީ. ނަފުރަތު ނައްތާލަން ބޭނުން ނަމަ އެބަ ޖެހޭ އަދުލުވެރިވާން" ޑރ.ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/Mohamedshaheem1/status/1409479724364034053

ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފުރަތުގެ ބިލާ ދެކޮޅަށް ގިނަ ދީނީ އިލްމުވެރިން އަޑުއުފުލަމުންދާއިރު އެކަމުގެ ސަބަބުން ދީނީ އިލްމުވެރިންނަށް ބިރު ދެއްކުމާއި ފިއްތުންތައް ކުރިމަތި ކުރުވާކަމަށް ދީނީ އިލްމުވެރިން ދަނީ ބުނަމުންނެވެ. މިގޮތުން ދީނީ އިލްމުވެރިންނަށް ބިރު ދެއްކުމާއި، އެބޭފުޅުންގެ ޝަރުއީ ޒިންމާ އަދާ ކުރުމަށް ހުރަސް އަޅަން އިންތިޒާމްކުރާ ހަރަކާތްތައް ހުއްޓައިލާން ރައްޔިތުންގެ އިއްތިހާދުން ވަނީ ގޮވައިލައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް