Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދީނީ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަން ވާނީ މަޑުމައިތިރިކަމާ އެކު ރީތި ބަހުން: ރައީސް މައުމޫން

ދީނީ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަން ވާނީ މަޑުމައިތިރިކަމާ އެކު ރީތި ބަހުން: ރައީސް މައުމޫން

ދީނީ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަން ވާނީ މަޑުމައިތިރިކަމާ އެކު ރީތި ބަހުން ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިޓްވީޓްގައި ރައީސް މައުމޫން ވިދާޅުވީ ދީނީ އިލްމުވެރިން މަޑުމައިތިރިކަމާ އެކު ރީތި ބަހުން ވާހަކަ ދެއްކުމަށް ގުރުއާނުގެ އެތައް އާޔަތެއްގައި ސާފުކޮށް އެނގެން އޮތް ކަމަށެވެ.

"ދީނުގެ ޢިލްމުވެރިން ވާހަކަފުޅު ދައްކަވަން ވާނީ މަޑުމައިތިރިކަމާ އެކު ރީތި ބަހުން. ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން މިކަން ސާފުކޮށް އެނގެން އެބައޮތް." ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/maumoonagayoom/status/1409472796044894211

ދީނީ އިލްމުވެރިންގެ ރައުޔު އާއްމުކުރުމުން ބިރު ދައްކައި ފިއްތުންތައް ކުރިމަތި ކުރާކަމަށް ބުނެ އިލްމްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ދީނީ އިލްމުވެރިންނަށް ބިރު ދެއްކުމާއި، އެބޭފުޅުންގެ ޝަރުއީ ޒިންމާ އަދާ ކުރުމަށް ހުރަސް އަޅަން އިންތިޒާމް ކުރާ ހަރަކާތްތައް ހުއްޓައިލާން ރައްޔިތުންގެ އިއްތިހާދުން ވެސް ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރުމަށް ފިޔަވަޅު ނޭޅޭ ކަމަށާއި ދީނީ އިލްމުވެރިއަކަށް ފެންނަ ރައުޔެއް ވިދާޅުވުމުން ބިރު ދައްކައި ކަންކަން ކުރާކަމަށް ޑރ ޝަހީމް ވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ، ގާނޫނެއް ފާސްކޮށްގެން ، ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތަކެއް އޮންނަ ހިސާބަށް ގޮސްގެން ނުވާނެކަމަށާއި މަޖިލީހާއި ދީނީ ބޭފުޅުންނާ މެދުގައި ސުލްހަވެރި ހައްލަކަށް އާދެވެން ޖެހޭނެކަމަށް ރަައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)ވެސް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް