ދުނިޔެ

ތިން ވަނަ ޑޯޒެއް ޖަހަން ޖެހިދާނެ ކަމުގެ ބިރު، ދެވަނަ ޑޯޒް 8 މަހަށް ދިގު ދަންމައިލެވޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރޭޒެނިކާއާ ގުޅިގެން އުފައްދައިފައިވާ ކޮވިޑް-19 ވެކްސިނުން ވައިރަހާ ދެކޮޅަށް އެންމެ ރަނގަޅު ރައްކާތެރި ކަމެއް ލިބޭނީ މިހާރު ޖަހާ ވެކްސިންގެ ދެ ޑޯޒްގެ އިތުރުން ބޫސްޓަރ އިތުރު ޑޯޒެއް ޖަހައިގެން ކަމަށް އޮކްސްފޯޑުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އޮކްސްފޯޑް ޔުނިވަރސިޓީ އިން ހެދި މިދިރާސާގައި ބުނެފައި ވަނީ ވައިރަހުގެ ވޭރިއަންޓްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި. އެންމެ ފުރިހަމަ ރައްކާތެރިކަން ލިބޭނީ އިތުރު ބޫސްޓަރ ޝޮޓެއް ދީގެން ކަމަށެވެ. އޮކްސްފޯޑުން މިހެން ބުނެފައި ވަނީ ވެކްސިން ލިބުމުގައި ދަތިތައް ކުރިމަތިވެ، ވެކްސިނުގެ ދެވަނަ ފުރިހަމަ ކުރަން އެތައް ހާސް ބަޔަކު އިންތިޒާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އޮކްސްފޯޑް ޔުނިވަރސިޓީއިން ކުރި ދިރާސާގައި ބުނެފައި ވަނީ ދެވަނަ ޑޯޒް ޖެހުން 45 ހަފްތާއަށް ލަސް ކުރެވޭނެ ކަމަށެވެ. އެއީ 10 މަސް ދުވަހެވެ. އަދި އިތުރު ބޫސްޓަރ ޝޮޓެއްގެ ސަބަބުން ވެކްސިންގެ ސަބަބުން އުފެދޭ އެންޓިބޮޑީސް އިތުރުވެ، ޓީ-ސެލް އިމިއުން ރެސްޕޮންސް އިތުރުވާ ކަމަށެވެ. އޮކްސްފޯޑުން ނެރުނު ދިރާސާ ހަދައިފައި ވަނީ 120 މީހުން ބައިވެރިކޮށްގެންނެވެ. މިގޮތުން 30 މީހުންނަށް ދެވަނަ ޑޯޒް ވެކްސިން ދީ، އަދި 90 މީހުންނަށް އިތުރު ބޫސްޓަރޝޮޓެއް ވަނީ ދީފައެވެ.

އޮކްސްފޯޑުން ނެރުނު މި ދިރާސާއާއެކު އިނގިރޭސިވިލާތުން ވަނީ، އިތުރު ވެކްސިން ޑޯޒެއް ދޭން ނިންމައިފައިވާކަން ހާމަކޮށްފައެވެ. އިނގިރޭސިވިލާތުގެ އުމުރުން ދޮށީ މީހުންގެ ފަސްބައިކުޅަ ތިންބައި މީހުން ވަނީ އެސްޓްރާޒެނިކާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިއެވެ.

ނަމަވެސް ކޮންމެ އަހަރަކު އެއްފަހަރު ބޫސްޓަރ ޝޮޓެއް ޖަހަން މި ވެކްސިން ކަމުނުދާ ކަމަށް "ރޮއިޓާސް"އިން ސައިންވެރިންނާ ހަވާލާދީ ރިޕޯޓްކުރެއެވެ. މިގޮތުން ބުނެފައި ވަނީ ވެކްސިން ހަށިގަނޑަށް އެތެރެ ކުރަން ބޭނުން ކުރާ ވެކްޓާއަށް ހަށިގަނޑު ހޭނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިހެންކަމުން އަހަރަކު އެއްފަހަރު ވެކްސިން ޖަހަން ޖެހޭ ނަމަ ވެކްސިނަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ސައިންވެރިން ބުުނެއެވެ.

Ads by Allied Insurance
  1. ގަމު މީހާ

    މިހާރު 8މަސް ދުވަހައް ބަދަލުވީތަ..؟؟ އަޖައިބު !!!
    3އަހަރައް ހަދާލަން ފެނޭ

  2. އާކޮވިޑް ބޫސްޓަރ

    މީ އަހަރެމެން ކިޔަމުން މިއަންނަ ވާހަކަ. މާދީންވެރިވެގެން ބަޔަކު ހަދަމުން ގެންދާ ބޮޑު ދޮގެއްގައި ބައިވެރިވެގެން އިންސާނިއްޔަތަށް އަނިޔާވެރިވުމުގައި ހައްދުންނައްޓާފައި. މިނޫސްތަކުން ލާރިނަގައިގެން ކޮވިޑް ޕޮރޮމޯޓް ކުރުމުގައި.