ޚަބަރު

ކޮވިޑަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަނީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ވިލިނގިލި ކޮވިޑް ފެސިލިޓީ

ކޮވިޑަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމް ކުރަން ނިންމައިފިއެވެ.

Ads by MWSC

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ބަދަލުވަމުން އަންނަ ބައްޔެއް ކަމަށާއި، ދިގު މުއްދަތަކަށް ދެމިގެން ދާނެ ބައްޔެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޭރު ގައުމުތަކުން ކޮވިޑުން ރައްކާތެރި ވަމުން އަންނަ ގޮތް ބަލައި ކޮވިޑްގެ ނެޝަނަލް ޕްރޮގުރާމް ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް-19އަކީ ނެޝަނަލް ޕްރޮގުރާމެއްގެ ގޮތުގައި ނިންމައި މި ބަލިން ރައްކާތެރި ވުމުގެ ގޮތުން އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ކޮވިޑަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ، ކޮވިޑަށް ޚާއްސަ މި ހޮސްޕިޓަލް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި ހޮސްޕިޓަލް ގާއިމް ކުރާނީ ހުޅުމާލޭގައި ކަމަށެވެ. އަދި ހޮސްޕިޓަލް ތައްޔާރު ކުރަމުން ދާނީ ދިގު މުއްދަތަކަށް ވެސް ފަރުވާ ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ލިބޭނެ ގޮތަކަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!