Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިޔާ ފްލެޓުތަކުގެ ކުލި އިތުރަށް ކުޑަކޮށްފި ނަމަ ސަރުކާރަށް ގެއްލުންވާނެ: ރައީސް

ހިޔާ ފްލެޓުތަކުގެ ކުލި އިތުރަށް ކުޑަކޮށްފި ނަމަ ސަރުކާރަށް ގެއްލުންވާނެ: ރައީސް
ހިޔާ މަޝްރޫއުގެ ދަށުން އަޅައިފައިވާ ފްލެޓުތަކުގެ ކުލި ކުޑަކޮށްފިނަމަ ސަރުކާރަށް ދަތިވެ ތަކުލީފަކަށް ދިމާވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއަކީ ކޮމާޝަލް ލޯނެއް ނަގައިގެން ކުރިއަށް ގެންދިޔަ ލޯނެއް ކަމަށާއި، އެ ލޯނު ނެގީ 8 އިންސައްތަ އިންޓަރެސްޓުގައި 20 އަހަރުން ދައްކާ ގޮތަށް ކަމަށެވެ. އަދި އެ ފްލެޓުތަކުގެ އަގު ޖެހެނީ، ފްލެޓަކަށް 1.2 މިލިއަން ރުފިޔާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތުން، ކުރިން އޮތީ 20 އަހަރުން ފްލެޓަށް ފައިސާ ދައްކާ ގޮތަށް ކަމަށާއި އެއީ މަހު ކުއްޔަށް 10،419 ރުފިޔާ ދައްކައިގެން ކަމަށެވެ.

އަދި މިހާރު، އިންޓްރެސްޓު ރޭޓު 6.7 ޕަސެންޓަށް ވާނީ ކުޑަކޮށްފައި ކަމަށާއި، 25 އަހަރުން ފައިސާ ދައްކާގޮތަށް ބަދަލު ކުރުމުން މަހަކު ދައްކަން ޖެހޭ ވަރު، 7،500 ރުފިޔާ އަށް ދަށްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް