އަދަދުތައް މިއަދު ވެސް 200 އިން ދަށް

ރާއްޖެއިން މިއަދު އިތުރު 178 މީހުން ކޮވިޑަށް ފައްސި ވެެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 45 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް 125 މީހުން ފައްސިވި ކަމަށާއި ހިންގަމުން އަންނަ ރިސޯޓުތަކުން 7 މީހަކު ފައްސިވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން 3 މީހަކު މި ބައްޔަށް ފައްސި ވިއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 73،660 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 69،623 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވީ 209 މީހުންނެވެ.