Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވިލިނގިލީ ކޮވިޑް ފެސިލިޓީގައި އޮތް މީހަކު ނިޔާވެއްޖެ

ވިލިނގިލީ ކޮވިޑް ފެސިލިޓީގައި އޮތް މީހަކު ނިޔާވެއްޖެ
ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދޭ ގޮތުގައި ނިޔާވެފައި ވަނީ ގއ.ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 81 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ފަތިހު 04:55 ހާއިރު ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިއީ ރާއްޖެއިން މި ބަލީގައި ރާއްޖެއިން ނިޔާވި 212 ވަނަ މީހާއެވެ. މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން! إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް