Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުލުހަކު ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން އެ އިދާރާ ޖޫރިމަނާ ކޮށްފި

ފުލުހަކު ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން އެ އިދާރާ ޖޫރިމަނާ ކޮށްފި

ގާޒީގެ ހުއްދައާ ނުލައި ފުލުހަކު ޝަރީއަތުގެ މަޖިލިސް ދޫކޮށް ދިއުމުން އެ އިދާރާ ޖޫރިމަނާ ކޮށްފިއެވެ.

ކޯޓުން ވަނީ އެއީ ކޯޓުގެ ޝަރީއަތުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްކަމަށް ނިންމައި އެ އިދާރާ 3000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

ފުލުސް މީހާއަށް ފިޔަވަޅު އަޅައިފައި ވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހާޒިރު ކުރި މަޖިލީހެއްގައެވެ.

Advertisement
Ooredoo — Truecaller (box)

ޝަރީއަތުގެ މަޖިލީހުގައި އޭނާ އެއްޗެއް ކަމުން ދާތީ، ގާޒީ އޭނާގެ ގާތުގައި އަނގަ ސާފުކޮށްގެން އައުމަށް އެދުމުން ބޭރަށް ގޮސް އަނގަ ސާފު ކުރުމަށް ފަހު އަނެއްކާ ވެސް އެތެރެއަށް ވަނެވެ. އެއަށް ފަހު އިރުކޮޅެއް ވަންދެން ޝަރީއަތް ކުރާ މަޖިލީހުގައި އޭނާ އިނުމަށް ފަހު ގާޒީގެ ހުއްދައާ ނުލައި އޭނާ ވަނީ ޝަރީއަތް ކުރާ މަޖިލީހުން ނިކުމެގެން ގޮސްފައެވެ.

އެހެންކަމުން ގާޒީ ނިންމެވީ ފުލުހުންގެ އިދާރާ 3000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުން އެ ފަރާތަކާ މެދު އަޅަންވާ ފިޔަވަޅު އެޅުމުގެ ފުރިހަމަ އިޚުތިޔާރު ގާޒީއަށް ލިބިގެން ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް