މަރުގެ ދިޔައިގެ އަގު އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

ރާއްޖޭގެ މަރުގެ ދިޔަ ، އެއް ލައްކަ ރުފިޔާއިން އެއް މިލިއަން ރުފިޔާއަށް މިއަދު ސުޕްރީމް ކޯޓުން ބޮޑުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމުކުރި "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައި ބުނެފައި ވަނީ މަރުގެ ދިޔަ ކަނޑައެޅުމަށް ފަހު އެ ފައިސާ މަރުވި މީހާގެ ވާރިސުންނަށް ލިބިދިނުމަށް ޓަކައި ސިވިލް ކޯޓަށް ވަކި މުއްދަތެއްގައި ދެއްކުމަށް ކުށްވެރިޔާއަށް ޝަރީއަތުން އަންގަންވާނެ ކަމަށެވެ.
މީގެ އިތުރުން ވެސް އިސްލާމީ ޝަރީއަތުގެ ހައްދު ކަނޑައަޅައިފައިވާ ތިން ކުށް ކަމުގައި ޒިނޭ ގަޒުފުކުރުމާއި ބަނގުރާ ބުއިމުގެ ކުށަށް އުގޫބާތް ދޭނެ ގޮތް ވަނީ އުސޫލުގައި ބަޔާންކޮށްފައެވެ.
އެގޮތުން ޒިނޭގެ ކުށް ސާބިތުވާ މީހާ 100 އެތިފަހަރުން ހައްދުޖަހައި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ގޭ ބަންދުކުރުމާއި ބަނގުރާ ބުއި ކަމަށް ސާބިތުވާ މީހެއްގެ މައްޗަށް 40 އެތިފަހަރުން ހައްދު ޖަހަން އުސޫލުގައި ހިމަނައިފައި ވެއެވެ.
މަރުގެ ދިޔައިގެ ގޮތުގެ މިންވަރު ކަނޑައެޅީ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން 1995 އަހަރުއެވެ.