Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކެންދުއަށް އަރާ ފޭބުން މަނާކޮށްފި

ކެންދުއަށް އަރާ ފޭބުން މަނާކޮށްފި

ބ.ކެންދުއަށް އަރާ ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފިއެވެ.

“ދެން” އަށް މައުލޫމާތުދެމުން ބ.ކެންދޫ ކައުންސިލަރ އިބްރާހީމް އަބްދުއްރަޙްމާން ވިދާޅުވީ އެ ރަށުން ފައްސި ވެފައިވަނީ ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އޭނާ ފައްސި ވެފައިވާއިރު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި މީހަކު ފާހަގަ ކުރެވި ކޮންޓެކްޓް ޓްރޭސިން މިހާރު ކުރިޔަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބ. ކެންދޫ މިހާރު ވަނީ މޮނިޓަރިން އަށް ލާފައެވެ. އެރަށް މޮނީޓަރިންގއަށް ލައި ނެރުނު އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

“ކައިރި ރިސޯޓަކުން ރަށަށް އައި ކުއްޖަކު ފައްސި ވީ. އޭނާއާ އެކު އައި އިތުރު ކުއްޖެއް ވެސް. އޭނަ ވަނީ މިހާރު ޓެސްޓު ކުރެވިފަ. ނަތީޖާ އަދި ނުލިބޭ. ފައްސިވި ކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓުން އެބަ ތިބި. ދެން އަދި ރަށުން ރެންޑަމް ސާމްޕަލް ވެސް ނެގުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަ ދޭ”ބ އަތޮޅު ކެންދޫ ކައުންސިލަރ އިބްރާހީމް އަބްދުއްރަޙްމާން ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް