Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކަރަންޓީނުގައި ތިބި ، ކޮވިޑް ޖެހުނުތާ 60 ދުވަސްނުވާ މީހުން ދޫކޮށްލަން އަންގައިފި

ކޮވިޑް-19 ޖެހި ރަނގަޅުވެފައި ތިބި މީހުންގެ ތެރެއިން މިހާރު ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލަން ހެލްތު އޮޕަރޭޝަން އޭޖެންސީ، އެޗްޕީއޭއިން ކައުންސިލްތަކަށް އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ކޮވިޑަށް ފައްސިވެ 60 ދުވަސް ހަމަވެފައި ނުވާ ފަރާތްތަކުގެ ތެރެއިން ރަށްރަށަށް ދަތުރުކޮށް ކަރަންޓީނުގައި ތިބި މީހުންތައް ދޫކޮށްލުމަށް އަންގާ ކަމަށެވެ.

މީގެ އިތުރުން މިގޮތަށް ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ދޫކުރާ މީހުންގެ މައުލޫމާތު އެޗްޕީއޭއަށް އެންގުމަށް ވެސް އެ ސާކިއުލާގައި ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް