Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖެ ކައިރިއަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް

ރާއްޖެ ކައިރިއަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް

ރާއްޖެއާ ކައިރިން، ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން ކަނޑުގެ އަޑިއަށް 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވީ މި ބިންހެލުން އައިސްފައި ވަނީ މާލެއާ 900އެއްހައި ކިލޯމީޓަރު ދުރަށް ކަމަށާއި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން މިރޭ 08:06 ހާއިރު ކަމަށެވެ.

މެޓް އޮފީހުން ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ، ބިންހެލުން އައީ ރާއްޖެއާ ކައިރިން ކަމަށް ވިޔަސް، މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތެއް، ސުނާމީގެ އިންޒާރުދޭ އެއްވެސް ސެންޓަރަކުން ދީފައި ނުވާކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/MetMaldives/status/1410625319376023556?s=20

ކަނޑުއަޑިއަށް އަންނަ މިފަދަ ބިންހެލުންތަކަކީ ކަނޑުގެ އަޑީގައިވާ ފަރުބަދަތަކަށް އަންނަ ކުއްލި ލޮޅުމަކާއެކު އަންނަ ބިންހެލުންތަކެެކެވެ. އަދި ސުނާމީ އަކީ އެފަދަ ބިންހެލުންތަކާ އެކު އުފެދޭ ރާޅުބާނިތަކެކެވެ. އެއީ އާދައިގެ ރާޅުތަކަށް ވުރެ އުސްކޮށް އަދި ނުރައްކާތެރިކޮށް އަރާ ރާޅުތަކެއް ކަމަށް ވެސް މޫސުމާ ބެހޭ އެކިއެކި މައުލޫމާތު ތަކުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް