Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގަޟާޤަދަރަށް އީމާންވާ މީހާ ފިތުނައިގެ ސަބަބުން ގުޑުގުޑު އަޅައިގެނެއް ނުދާނެ:ޚުތުބާ

ގަޟާޤަދަރަށް އީމާންވާ މީހާ ފިތުނައިގެ ސަބަބުން ގުޑުގުޑު އަޅައިގެނެއް ނުދާނެ:ޚުތުބާ
ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ތަފާތު އެކި ކަންކަމާ ކުރިމަތިވެއެވެ. ހިތާމަވެރި ކަންކަމާއި އުފާވެރި ކަންކަމެވެ. ދެރަވެ ރޯންޖެހޭ ކަންކަމާއި އުފާފާޅުކުރަން ޖެހޭ ކަންކަމާ ކުރިމަތިވެއެވެ. މި ހުރިހައި ކަމެއް ވެސް ވަނީ الله ތަޢާލާގެ ރޭވުންތެރިކަމުގެ ދަށުންކަން އަޅުގަނޑުމެން ގަބޫލު ކުރަން ޖެހެއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “މިންވަރަށް އީމާންވުން” މިއެވެ. ޚުތުބާގައި ބުނެފައި ވަނީ ޤަޟާ ޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑު އަޅައިގެންނުދާނެ ކަމަށާއި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.އަދި މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާ އަށް، ސުވަރުގެ ވަނުމަށް މަގުފަހިވެގެންދާނެއެވެ. މާތްﷲ އާއި، އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް، އީމާންވެ، ޢަޤީދާ ވަރުގަދަކޮށްފި މީހާގެ، ހަށިގަނޑާއި ގުނަވަންތަކުން އެކަން ފައުޅުވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.  ޚުތުބާގައި އިތުރަށް ބުނެފައި ވަނީ މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ، މާތް ﷲގެ އިރާދަފުޅުގެމަތިން ކަމަށާއި އަޅުތަކުން ކިތަންމެ މޮޅަށް، ކިތަންމެ ވަރަކަށް ކަންތައް ރޭވިކަމުގައިވިޔަސް އެކަމެއް މާތްﷲގެ އިރާދަފުޅުގެ މަތިން މެނުވީ ނުހިނގާނެ ކަމަށެވެ. “ތިމާގެ ހިތުގައި މާތް ﷲގެ ޢަދުލުވެރިކަމާ މެދު އެއްވެސް ޝައްކެއްއުފެދިގެން ނުވާނެއެވެ. އަދި ހަމަ އެފަދައިން އެކަލާނގެ ވަނީ އެކަލާނގެ ޛާތުފުޅަށް އަނިޔާވެރިކަން ޙަރާމް ކުރައްވައިފައެވެ. އަދި އެކަލާނގެ އަޅުތަކުންގެ މެދުގައި އެކަމަކީ ޙަރާމް ކަމެއް ކަމުގައި ވަނީ ލައްވައިފައެވެ.”ޚުތުބާގައި ބުނެފައިވެއެވެ

މިއަދު މުޅި އިންސާނިއްޔަތަށް މެދުވެރިވެފައި މިވާ ނުރައްކާތެރި ކޮވިޑް19 ގެ ޙާލަތުގައި އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުން ކަމުގައި ޚުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ. އަދި އީމާންކަމާއި ،ކެތްތެރިކަމުން ޙިމާޔަތް ލިބިގެންފި ނަމަ، ދުނިޔެމަތީގައި ލިބެން އޮތް ހެވެއް އެއްވެސް މީހަކަށް އިޙްސާސް ނުކުރެވޭނެ ކަމަށާއި އާޚިރަތުގައި ކެތްތެރިންނަށް މާތް ﷲ މިންވަރު ކުރައްވައިފައިވާ ދަރުމައާއި، ޘަވާބު އެއްވެސް މީހަކަށް ވަޒަނެއް ނުކުރެވޭނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް