Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިތުރު ފަރުވާއަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

އިތުރު ފަރުވާއަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

6 މޭގެ ބޮމުގެ ހާދިސާގައި ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިގިރޭސިވިލާތަށް ފުރާ ވަޑައިގަންނަވައިފިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އެ މަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. ޖަރުމަނުގައި ރައީސް ނަޝީދުގެ ފުރަތަމަ ސަރޖަރީ ކުރެއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެއަށް ފަހު މި މަހުގެ 17 ވަނަ ދުވަހު ދެވަނަ ސަރޖަރީއެއް ކުރެއްވިއެވެ.

އިތުރު ފަރުވާއަށް ވަޑައިގެންނެވި ޖަރުމަންވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގެ ޕްރޮފެސަރ ޑރ.ސީ.ވިލީ އާއި ޑޮކްޓަރުންނާއި އެހީތެރިންގެ އެމަނިކުފާނަށް ފަރުވާ ލިބިވަޑައިގެންފައިވެއެެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައި ވަނީ ޖަރުމަނުވިލާތުގެ ޑޮކްޓަރުން ރިފަރ ކުރައްވައިގެން އިތުރު ފަރުވާ ހޯއްދެވުމަށެވެ.

Advertisement
HDC — Sidebar (box)

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން އަހުމަދު ފާތިހު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ.)އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް