ޚަބަރު

މާލޭ މަގުމަތީގައި ބަރަހަނާ ހާލުގައި އޮތް މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާލޭ މަގުމަތީގައި ބަރަހަނާ ހާލުގައި އޮތް ދިވެއްސެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭގެ ލޮނުޒިޔާރާތް މަގު ކައިރީގައި ބަރަހަނާ ހާލުގައި އުޅުނު ދިވެހި ފިރިހެނެއް މިއަދު 16:13 ހިސާބުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް މިހާރު ބަލަމުންދާ ކަމަށެވެ.

Ads by Ooredoo
  1. فاطم

    މިދިޔ ބުދަދުވަހުވެ ހަމ ރިހިސާބުގ ބަރަހަނާކޮށ ބައ ޖަހަމުނ ތހިގޮތައްހުރ މީހަކުދަނިކޮށްް ފުލުހުނ ގެންދިޔަ

  2. ގަމު މީހާ

    ބަރަހާނާ ހާލު މަގުމައްޗައް ނުނިކުމެ ޓިކްޓޮކެއް ކުޅެލިނަމަ ފުލުހުންގެ ބެލުމުގެ ދަށައް ދާން ނުޖެހުނީސް