Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަމަލާ ދިން މީހުންގެ ދިފާއީ ވަކީލުން ކަމަށް ބުނި ނަމަވެސް އެއީ ދޮގެއް: ވަކީލުން

ހަމަލާ ދިން މީހުންގެ ދިފާއީ ވަކީލުން ކަމަށް ބުނި ނަމަވެސް އެއީ ދޮގެއް: ވަކީލުން

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ދިން މީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި އުސްތާޛް މުހައްމަދު ރާގިބްގެ ލީގަލް ފާމް ލީގަލް ޗެމްބާރސްގެ ލޯޔަރުން ކަމުގައިވާ ލޯޔަރ ޝަޒީމް ވަޙީދު އަދި ލޯޔަރު އާދަމް އާސިފް މަސައްކަތް ކުރައްވާކަމަށް ބުނެ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މިއަދު ކުރި ތުހުމަތުތައް އެ ދެ ވަކީލުން ދޮގުކުރައްވައިފިއެވެ.

މިކަން ދޮގު ކުރައްވާ ވަކީލު ޝަޒީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ޙަމާލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާޢީ ވަކީލަކަށް ތަޙްޤީޤު މަރުޙަލާގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި އަދި އެމައްސަލައިގައި ކުރިމިނަލް ކޯޓުގައި ވަކާލާތުކޮށްފައި ވެސް ނުވާނެކަމަށެވެ.

"ރައީސް ނަޝީދަށް ދިން ޙަމާލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާޢީ ވަކީލަކަށް ތަޙްޤީޤު މަރުޙަލާގައި މަސައްކަތްކޮށްފައި ނުވާނެ އަދި ކުރިމިނަލް ކޯޓުގައި ވަކާލާތުކޮށްފައި ވެސް ނުވާނެ. ޕަބްލިކަށް މެސެޖު ދޫކުރުމުގައި ޒިންމާދާރުވޭ." ވަކީލު ޝަޒީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/ShazeemWaheed/status/1410898109220093956

މީގެ އިތުރުން ލޯޔަރ އާސިފް ވެސް ވަނީ ނާޒިމް ސައްތާރު ކުރި ތުހުމަތުތަށް ދޮގު ކުރައްވައިފައެވެ. މިގޮތުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މިއަދު ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވާ އެއީ ދޮގެއްކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.

https://twitter.com/Aattoa/status/1410929618933018625

ނާޒިމް ސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލްއުސްތާޒް މުޙައްމަދު ރާގިބްގެ ލީގަލް ޗެންބާރސްގެ ވަކީލުން ކަމުގައިވާ އާސިފްއާއި ޝަޒީމް، ރައީސް ނަޝީދަށް ދިން ހަމަލައިގެ ތުހުމަތުވާ މީހުންގެ ވަކީލުންގެ ގޮތުގައި މަަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި ރާގިބްއަކީ ކުރިން ގާޒީ ކަމުން ވަކިކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ރައީސް ނަޝީދާ ޒާތީ ގޮތުން ޖައްސައިލައިފައި ހުންނަ މީހެއްކަމަށް ވެސް ނާޒިމް ސައްތާރު ވަނީ ތުހުމަތު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް