Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަހަކަށް ފަހު އޮމަދޫ މޮނިޓަރިންއިން ނަގައިފި

މަހަކަށް ފަހު އޮމަދޫ މޮނިޓަރިންއިން ނަގައިފި

މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު އދ. އޮމަދޫގެ ކޮވިޑް ހާލަތު ރަނގަޅުވެ އެރަށް މޮނިޓަރިން އިން ނަގައިފިއެވެ.

އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ އަހުމަދު ނަޝީދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިވަގުތު ރަށުގައި 19 މީހުން ބައްޔަށް ފައްސިވެފައި ތިބި ނަމަވެސް މިދިޔަ 14 ދުވަހުގެ ތެރޭ އިތުރު އެއްވެސް ރެންޑަމް ސާމްޕަލެއް ކޮވިޑަށް ފައްސިވެފައިނުވާކަމަށެވެ.

"މިދިޔަ 14 ދުވަސް ތެރޭ ނެގި އެއްވެސް ރެންޑަމް ސާމްޕަލެއް ނެތް ބައްޔައް ފައްސި ވެފައެއް. ރަށުގެ ހާލަތު އާއްމު ގޮތެއްގައި ރަނގަޅު. މިވަގުތު 19 މީހުންނަށް ބަލި ޖެހިފައި ތިބި ނަމަވެސް އެންމެވެސް ތިބީ ކަރަންޓީނުގައި ކަމަށްވީމަ ހަމަ ހުރިހާ ކަމެއް ރަނގަޅުހަމަ" ނަޝީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މެއި މަހު 21 ވަނަ ދުވަހު އެރަށު ފުލޫ ކުލިނިކުން ނެގި ފުލޫ ސާމްޕަލްތަކުގެ ތެރެއިން ބަޔަކު ފައްސިވުމާ ގުޅިގެން އެއްތާވި މީހުންގެ އިތުރުން ވަކިތަރުތީބެއް ނެތިނެގި ސާމްޕަލްތަކުންވެސް ބަޔަކުވަނީ ބައްޔައް ފައްސިވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ އިރު ރަށްރަށް މޮނިޓަރިންގެ ހާލަތުން ނަގަމުން ދާކަން ފާހަގަކޮށްލެވެ. އަދި ހާލަތު ރަނގަޅުވަމުންދާވަރަކުން ފިޔަވަޅުތަކަށް ދަނީ ލުއި ދެމުންނެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް