Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދިގު އިންތިޒާރަކަށް ފަހު ހިންނަވަރު ވެސް މޮނިޓަރިންއިން ނަގައިފި

ދިގު އިންތިޒާރަކަށް ފަހު ހިންނަވަރު ވެސް މޮނިޓަރިންއިން ނަގައިފި

މޮނިޓަރިންގައި އޮންނަތާ ދެ މަހާ ގާތުގައި އޮތް ހިންނަވަރު ވެސް މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ އެރަށް މޮނިޓަރިންއަށް ލީ ދެވަނަ ފަހަރު ކަމަށާއި މި ފަހަރު މޮނިޓަރިންއަށް ލީ މިދިޔަ މެއި 12 ވަނަ ދުވަހު ކަމަށެވެ.

“މިދިޔަ މެއި މަހު 12ވަނަ ދުވަހު މޮނިޓަރިންއަށް ލީ. މިވަގުތު 2 މީހުން ތިބީ ރަށުގައި ބަލިޖެހިފައި ތިބި. ޖޫން 20 ވަނަ ދުވަހުން ފެށިގެން އެއްވެސް ސާމްޕަލެއް ފައްސިވެފައެއް ނުވޭ” ޝާފިއު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ޝާފިއު ވިދާޅުވީ މިހާރު ރަށުގެ ހާލަތު ރަނގަޅު ކަމަަށާއި ބަލީގެ ނުރައްކާ ކުޑަވެފައިވާތީ ހިތްހަމަޖެހޭ ކަމަށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ އިރު ރަށްރަށް މޮނިޓަރިންގެ ހާލަތުން ނަގަމުން ދާކަން ފާހަގަކޮށްލެވެއެވެ. އަދި ހާލަތު ރަނގަޅުވަމުންދާވަރަކުން ފިޔަވަޅުތަކަށް ދަނީ ލުއި ދެމުންނެވެ. މިގޮތުން ބަލި ޖެހި ރަނގަޅުވުމުން، ބަލިޖެހުނުތާ 60 ދުވަސް ތެރޭ ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ގޮތަށް ވަނީ ލުއި ދީފައެވެ.

އަދި ހަމަ އެހެންމެ، މާލޭ ސަރަހައްދުގެ ކާފިއުގެ ވަަގުތު މަދުކޮށް ކާފިއު ނޫން ވަގުތުތަކުގައި ހުއްދަ ނުހޯދައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ އުސޫލަށް ލުއި ދީފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް