Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެ ސަރަހައްދެއްގައި ތަޢުލީމީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ދެ ސަރަހައްދެއްގައި ތަޢުލީމީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ދެ ސަރަހައްދެއްގައި ތަޢުލީމީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަޢުލީމީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ނިންމަވައިފައިވާއިރު އެތަންތަނުގައި އިންސާނީ ވަޞީލަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ރަށްރަށުގައި ސްޕޯޓްސް ފެސިލިޓީތައް ތަރައްޤީކުރުމާއި ރަސްމީ ތަޢުލީމްގެ ތެރެއަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމާއި ސްޓެމް ލެބަކާއި ސްކިލް ލެބެއް ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި ސަރަޙައްދުތަކުގައި ތަޢުލީމީ ކަންކަން ހަރުދަނާކޮށް ތަރައްޤީކުރުމަށް ބޭނުންވާ ބަޖެޓު މިހާރު ލިބިފައިވާ ކަމަށާއި ރާއްޖޭގެ 2 ސަރަހައްދެއްގައި ތަޢުލީމީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ ސަބަބުން ދަރިވަރުންނަށް ފުރިހަމަ، ވަށައި ޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭނެކަމަށެވެ.

Advertisement
Allied Insurance — Square (box)

މިނިސްޓަރ ވިދާޅުވީ ސްކޫލުތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރުމާއި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް