ޚަބަރު

ޔާމީން ޖަލުގައި ހުންނެވި އިރު ވެސް ޕީޕީއެމްއިން ސިޔާސީ ހަރަކާތްތައް ހިންގި: އާދަމް ޝަރީފް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ރައީސް ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި އިރު ވެސް ޕީޕީއެމްއިން ސިޔާސީ ހަރަކާތްތައް ހިންގި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސް ޔާމީންގެ އެންގެވުމަށް އިދިކޮޅު ކޯލިޝަނުން އަދުގެ ސަރުކާރަށް ޕްރެޝަރ ކުރުމުގެ ގޮތުން ހަރަކާތްތައް ހިންގުމަށް މަސައްކަތް ފަށަން ނިންމައިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އާދަމް ޝަރީފްގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ވެސް ސިޔާސީ އެތައް ހަރަކާތްތަކެއް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރައީސް ޔާމީނަކީ އެއް އިރެއްގައި ވެސް ގާނޫނާ ޚިލާފުވާ ބޭފުޅެއް ނޫންކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، މާލޭގައި، ކޮވިޑް-19އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދު ހުއްޓައިލުމާ އެކު ސިޔާސީ ހަރަކާތްތައް އަލުން ފަށާނެ ކަމަށާއި، އެހެން ނަމަވެސް އެކަން ކުރަނީ ރައީިސް ޔާމީިން ވިދާޅުވެގެން ނޫން ކަމަށެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވާއިރު ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮވިޑް-19އާ ދެކޮޅަށް މާލޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ޕީޕީއެމްގެ ހަރަކާތު ކޮމިޓީން ހަވީރު ގަޑީގައި ނިކުމެ މުޒާހަރާ ކުރުމަށް ރައީސް ޔާމީން ވަނީ އަންގަވައިފައެވެ.

  1. ބިރުދެއްކުން ހިއްޓާލާ.