Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުލުހުންގެ ބައެެއް މަގާމުތަކަށް ބަދަލު ގެނެސްފި

ފުލުހުންގެ ބައެެއް މަގާމުތަކަށް ބަދަލު ގެނެސްފި
އާންމު އުސޫލުން ފުލުހުންގެ އިދާރާ ހިންގުމުގައި ހުންނަ އިދާރާގެ ބަހާތަކުގެ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ. އެގޮތުން އެ އިދާރާގައި ބަދަލު ގެނެވިފައިވާ ބަހާތަކުގެ ތެރޭގައި ހިމެނެނީ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކެވެ. މި މަގާމުތަކުގެ ތެރެއިން ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ކުރިން ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ  އޮފް އިސްމާޢީލް ނަވީންއެވެ.
މީގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އަައްޔަން ކުރައްވައިފައި ވަނީ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. އަދި ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަން ކުރައްވައިފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް