Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕޯސްޓްމޯޓަމް ހެދުމަށް 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު މާދަމާ އިންޑިއާއަށް ފޮނުވައިލަނީ

ރަހީނުކޮށް މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރައިލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ އިންޑިއާއަށް ފޮނުވައިލާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަރައިލުމަށް ފަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ސަރަހައްދުގެ ފަޅުތެރެއަށް އެއްލައިލައިފައި އޮއްވާ ފެނުނު އެކުއްޖާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފައެއް ނުވެއެވެ.

ރަހީނު ކޮށްފައި މަރައިލައި އެއްލައިލައިފައި އޮތް މި ކުއްޖާ މަރައިލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ. ނަމަވެސް ފުލުހުން ވިދާޅުވީ ދައުވާ ކުރަން ފޮނުވޭނެ ދުވަހެއް ނޭނގޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގައި 27 އަހަރުގެ މީހަކާއި 17 އަހަރުގެ މީހެއް ހަމަ އެ ދުވަހު ހައްޔަރު ކުރެވުނު އިރު އެ ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރެއް ވެސް ބަލައި ފާސް ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް