ޚަބަރު

މާރިޗް 15އާ ހަމައަށް ވެކްސިން ޖެހި މީހުން އެޕޮއިންޓްމަންޓް ހެއްދުމަށް އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެށުނު ދުވަހުން (ފެބްރުއަރީ 1ން) ފެށިގެން މިއަހަރުގެ މާރިޗް މަހުގެ 15 އާ ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކުން، ދެވަނަ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ހެދުމަށް އެދިއްޖެއެވެ.

Ads by Sosun Fihaara

އެޗްޕީއޭ އިން މިއަދު ބުނީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ޓޯކަން ދޫކުރަމުން ދަނީ ހަމައެކަނި އޮންލައިންކޮށް "ކިޔުބީ" އެޕްލިކޭޝަން މެދުވެރިކޮށް، ނުވަތަ އެޗްޕީއޭއިން އިސްވެ ފޯނު ކޯލުން އެޕޮއިންޓްމަންޓް ދޫކުރާ ފަރާތްތަކަށް ކަމަށެވެ. މި ނޫން ގޮތަކަށް އެއްވެސް ވެކްސިނޭޝަން ސެންޓަރެއްގައި މިވަގުތު ވެކްސިން ޖަހާ، ޓޯކަން އަދި އެޕޮއިންޓްމަންޓް ދޫކުރަމުން ނުދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޓޯކަން ނަންބަރުތައް ދޫކުރަނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ޓޯކަން ނަންބަރުތަކުގެ އަދަދަކީ:

▪︎ ސޯޝަލް ސެންޓަރުން 200 ޓޯކަން
▪︎ އިސްލާމީ މަރުކަޒުން 200 ޓޯކަން
▪︎ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން 120 ޓޯކަން
▪︎ ނޭޝަނަލް އާޓް ގެލެރީން 70 ޓޯކަން

ޓޯކަން ނަންބަރު ނެގުމަށް ފަހު ، ކިޔުގެ ސްޓޭޓަސް ވެސް އެ އެޕްލިކޭޝަން ފެންނާނެ ކަމަށާއި ވެކްސިން ދޭ ސެންްޓަރުތަކަށް ވެކްސިން ޖަހަން ނޫން ގޮތަކަށް ދާން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by Ooredoo
  1. ކޮބާ އަތޮޅު ތެރޭމީހުންނަކަށް ނުލިބޭނެތޯ؟ ފެބުރުއަރީ މަހު ވެކްސިންޖެހި އަތޮޅު ތެރޭ މީހުން ތިއްބާ މާޗު މަހު ވެކްސިން ޖެހި މީހުންނަށް 2 ވަނަ ޑޯޒް ޖެހުން އިންސާފް ވެރިތޯ؟

  2. ާއިއްސޭ

    ރާއްޖެތެރޭގައި ވެސް އެބަތިބި ތި ކްރައިޓީރިއާ ހަމަވާ މީހުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖެހިފަ. އޭގެތެރޭގަ ހައިރިސްކް މީހުންވެސް އެބަތިބި. ހާދަ ބޭއިންސާފުން ނޭ ވެކްސިން ތިޖަހައި ދެނީ!