Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެކްސިންޖެހުމަކީ ދީނީ ނަޒަރުން ބަލާއިރު ވެސް މުހިންމުކަމެއް: ޑރ. ޝަހީމް

ވެކްސިންޖެހުމަކީ ދީނީ ނަޒަރުން ބަލާއިރު ވެސް މުހިންމުކަމެއް: ޑރ. ޝަހީމް

ގައިން ގަޔަށް އަރާ ބަލިމަޑުކަމުގެ ވަބާއެއްގެ ތެރޭގައި އެއިން ރައްކާތެރިވުމަށް ޓަކައި ވެކްސިންޖެހުމަކީ ދީނީ ނަޒަރުން ބަލާއިރު ވެސް މުހިންމުކަމެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރަކަށް އައިސް ވެކްސިން ނުޖެހުމުގެ މައްސަލަތައް ބޮޑުވެފައިވާއިރު ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރާނަ ޙިމާޔަތްކުރުމަށް ޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަކީ ލާޒިމުކަމެއް ކަމަށާއި ވެކްސިން ޖެހުމަކީ ދީނީ ނަޒަރުން ބަލާއިރު ވެސް މުހިންމުކަމެއް ކަމަށެވެ.

"ގައިން ގަޔަށް އަރާ ބަލިމަޑުކަމުގެ ވަބާއެއްގެ ތެރޭގައި އެއިން ރައްކާތެރިވުމަށް ޓަކައި ވެކްސިންޖެހުމަކީ ދީނީ ނަޒަރުން ބަލާއިރު ވެސް މުހިންމުކަމެއް. ފުރާނަ ސަލާމަތްކުރުމަކީ ޝަރުޢުގެ މަޤުޞަދެއް. ފުރާނަ ޙިމާޔަތްކުރުމަށް ޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަކީ ލާޒިމުކަމެއް." ޑރ. ޝަހީމް ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1412032761230086145 ރާއްޖޭގައި ވެކްސިން ނުޖެހުމުގެ މައްސަލަތަކާ ވެކްސިނާ ދެކޮޅަށް ކެމްޕޭންތައް ކުރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އަދި ކޮވިޑް19ގެ ފިޔަވަޅުތަކަށް ލުއި ދިން އިރު ކޮވިޑް ވެކްސިނުގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއިއެއް ދީފައިނުވާތީ އެކަމުގެ ޝަކުވާތައް ބޮޑުވެ، ބައެއް މީހުން ދަނީ ވެކްސިން ނުޖަހާނެކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް ވެކްސިން ޖެހުމަށް ބާރު އަޅަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް