ޚަބަރު

ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމު، ޕީޕީއެމުން ވެސް ތާއީދު ކުރައްވާނެ: ރައީސް ނަޝީދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި ރާއްޖޭގައި އޮންނަން ޖެހޭ ނިޒާމެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިހާރު ކްލަބް ހައުސްގައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އާސްކް ސްޕީކަރ ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެ މޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ރިޔާސީ އިންތިޚާބެއް ބާއްވަން އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ޓަކައި 2022ވަނަ އަހަރު ވޯޓެއް ނެގުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ޕީޕީއެމުން ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާނެ ކަމަށާއި ރައީސް ޔާމީނު ވެސް މީގެ ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވައިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ ދުވެލި ވެސް ހަލުވި ވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ 2023ގައި ރިޔާސީ އިންތިޚާބެއް އޮންނަ ނަމަ އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

Ads by HDC
  1. ޗަކޮއި

    މިކަލޯ އުޅެނީ ވެރިކަމުގެ ރަހަ އަރުތެރޭލަެިގެން އޭގެ ރަހަ ނުފިލައިގެން އޭގެ ފޮނިރަހަ ބޭނުންވެގެން މީނަ ކޮންމެ ކަމެެއްކޮއްގެންވެސް ވެރިކަން ބޭނުންވެފަ އެހުރީ

  2. ބޮޅު

    މީނައަށް ހީވަނީ ޔާމީނު ޖަލުން މިނިވަން ކުރުމުގެ މުގާބަލާއަކަށް ޕީޕީއެމުން ބަރުލަމާނީއަށް ތާއިދު ކުރާނޭ. ބަރުލަމާނީ ގެނަޔަސް ބޮޑުވަޒީރުކަން ނުލިބޭނެ. މީނަ ގޮވައިގެން ނުކުމެ އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެގޮތެއްވެސް ނެތް. ހުވަފެން ދެކުން ހުއްޓާލާއްވާށެވެ.