ޚަބަރު

ނައިފަރުގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު އާންމު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ޅ. ނައިފަރުގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ، އުސޫލުތަކާއި ޝަރުތުތައް އާންމު ކޮށްފިއެވެ.

Ads by Sosun Fihaara

"ފަޚުރުވެރި އާއިލާ" ގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަކީ ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ނައިފަރުގައި އިމާރާތް ކުރެވޭ މި ޔުނިޓްތަކަކީ ތިން ކޮޓަރީގައި އެޓޭޗްޑް ފާހާނާ، ބަދިގެ އަދި ސިޓިން ރޫމް ހިމެނޭ ގޮތަށް ފްލޯ އޭރިއާގައި 1000 އަކަފޫޓު ހުންނަ ގޮތަށް އިމާރާތް ކުރެވޭ ޔުނިޓް ތަކެކެވެ.

މި ޔުނިޓްތަކަކީ ހަމައެކަނި ޅ.ނައިފަރުގެ ރައްޔިތުންނަށް ޚާއްސަ ކުރެވިފައިވާ ޔުނިޓް ތަކެކެވެ.

މި ކެޓެގަރީއަށް ފޯމު ހުށަހަޅުއްވާ ފަރާތެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް:

  • ޅ. ނައިފަރު ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން، ނުވަތަ ކަނޑައެޅޭ މުއްދަތެއްގައި ގޯތީގެ އަގު އަދާ ކުރާ ގޮތަށް ގޯއްޗެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތުން
  • ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހަކަށް ލިބިފައިވާ ނަމަ ނުވަތަ ލިބިފައި އޮތް ނަމަ މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ އަމިއްލަ ނަން މައްޗަށް ރަޖިސްޓްރީ ވެފައި ވާނަމަ މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން
  • ރާއްޖޭގެ އެއްވެސް ރަށެއްގައި އިމާރަތް ކޮށްފައިވާ ފްލެޓު، ރޯހައުސް، ހައުސިން ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ފަދަ ބޯހިޔާވަހިކަމެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި، ނުވަތަ ލިބިފައި ނެތުން، ނުވަތަ ކަނޑައެޅޭ މުއްދަތެއްގައި އަގު ދައްކާ ގޮތަށް އެފަދަ ބޯހިޔާވަހިކަމެއް ގަނެވިއްކުމުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފައި ނެތުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަކުން ބަހައިގެން ބިމުން ލިބެން އޮންނަ ބައި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ، އެ ގޯތި އެހެން ފަރާތަކަށް ދީ، ނުވަތަ ވިއްކާލައިފައިވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވުން
  • އެމީހެއްގެ އަމިއްލަ ނަމުގައި އޮތް ފްލެޓު، ރޯހައުސް، ހައުސިން ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ފަދަ ބޯހިޔާވަހިކަމެއް އެހެން ފަރާތަކަށްދީ، ދޫކޮށްލާފައިވާ ނުވަތަ ވިއްކައިލައިފައިވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން

ޅ.ނައިފަރުގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓްތަކުގެ ތެރެއިން ޔުނިޓް ލިބޭ ފަރާތްތަކުން އެޑްވާންސް ފައިސާގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށާއި، ޔުނިޓް ލިބޭ ފަރާތްތަކުން މަހުންމަހަށް ފައިސާ ދައްކަން ހަމަޖެހިފައި ވަނީ ހައުސިން ޔުނިޓް އެފަރާތަކާ ހަވާލުކުރާ މަހުން ފެށިގެން 20 އަހަރަށް (240 މަސް) ބަހައިލައިގެން މަހަކު 5000 ރުފިޔާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، އެންޑް އިންފްރާ ސްޓްރަކްޗަރއިން ވަނީ ވިދާޅުވެފައެވެ. އަދި ޔުނިޓް ލިބޭ ފަރާތްތަކުން ޔުނިޓުގެ އަގު އަދާކޮށް ނިމެންދެން އެޗް.ޑީ.އެފް.ސީގެ "ބައިޢު ބިލް ތަޤްޞިދު" އެއްބަސްވުމުގެ ދަށުން އެ ޔުނިޓު ރަހުނު ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ގުޑްޕްލޭން

    ބައިޢު ބިއްތަޤްސީޠް މީ ހަމަ installment sale ބަހަލައިގެބން އަގު އަދާކޮށް ނިންމުން ވ.ރަގަަޅު ތިގޮތަަށް ތިކަންވެއްޖެނަމަ