Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ލުއި ޚަބަރު

ދިރިހުރި މީހަކަށް ގުޅައިފައި އެންގީ އޭނާ މަރުވެއްޖެ ކަމުގެ ސެޓްފިކެޓް ބަލައި ދިޔުމަށް

ދިރިހުރި މީހަކަށް ގުޅައިފައި އެންގީ އޭނާ މަރުވެއްޖެ ކަމުގެ ސެޓްފިކެޓް ބަލައި ދިޔުމަށް

އިންޑިއާގެ މަހަރާޝްސްތުރާގެ މީހަކަށްތާނޭ ސިވިކް ބޮޑީއިން ގުޅައި ، އޭނާގެ މަރުގެ ސެޓްފިކެޓު ބަލައި ދިޔުމަށް އެދިއްޖެއެވެ.

ޗަންދްރަޝޭކަރް ދެސާއި ނަމަކަށް ކިޔާ އެ މީހާ ބުނީ، ތާނޭ މުނިސިޕަލް ކޯޕަރޭޝަނުން އޭނާއަށް ގުޅައިފައި ފޯނުން ވާހަކަ ދައްކަނީ ކާކުތޯ ވެސް ނާހައި، އޭނާގެ ނަން ކިޔާފައި ބުނީ މަރުވިކަމުގެ ސެޓްފިކެޓް ބަލައި ދިޔުމަށް ކަމަށެވެ.

މި ހާދިސާ މީޑިއާތަކުގައި ދައުރުވާން ފެށުމުން، އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރ ސަންދީޕް މާލްވީ ބުނީ، އެއީ ކުޑަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް ކަމަށާއި ލިސްޓު އަލުން ބެލުމަށް މިހާރު އަންގައިފައިވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އަހަރުމެންނަށް މި ލިސްޓު ލިބުނީ ޕޫނޭ އޮފީހުން، އަހަރުމެންނެއް ނޫން ލިސްޓު ހަދަނީ. އެހެންވެ ޓެކްނިކަލް މައްސަލައަކުން މިހެން ދިމާވީ. ކުރިއަށް އޮތްތަނުގައި މީހުންނަށް ގުޅުމުގެ ކުރިން ލިސްޓު ވެރިފައި ކުރަން މިހާރު ވާނީ އަންގައިފައި" ސަންދީޕް ބުންޏެވެ.

ތާނޭ މުނިސިޕަލް އޮފީހަށް މި މަހުގެ 1 ވަނަ ދުވަހު ކުރެވުނު މި ކަންތަކުގެ ސަބަބުން މީސް މީޑިއާގައި އެތައް ބަޔަކު ދަނީ އެ އިދާރާއަށް ފާޑުކިޔައި، މަލާމާތުގެ ބަސްތައް ވެސް ރައްދު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް