އެޕޮއިންޓްމެންޓަށް ފަރުވާލެއް ނެތި ކިއުއަށް މީހުން އެބަ އާދޭ: މަބްރޫކް

ކޮވިޑް-19އަށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު އެއްވެސް ފަރުވާލެއް ނެތި ބައެއް ފަރާތްތަކުން ކިއުއަށް އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ، ބައެއް ފަރާތްތަކުން އެޕައިންޓްމެންޓް ހެއްދުމަށް ފަހު އެއްވެސް ފަރުވާލެއް ނެތި ދެތިން ގަޑިއިރު ކުރިން ވެެސް ކިއުއަށް އަރާކަން ފާހަގަ ކުރެވޭ ކަމަށާއި އެހެން ވުމުގެ ސަބަބުން ގަޑިއަށް އެޕޮއިންޓްމެންޓް ނުހައްދާ މީހުންނާ އެކު ބޮޑު ކިއުއެއް ވެކްސިން ޖަހާ ސަރަހައްދުން ފެންނަ ކަމަށެވެ.
[caption id="attachment_101762" align="alignnone" width="690"]<img class="size-large wp-image-101762" src="https://cdn.dhen.mv/wp-content/uploads/2021/07/0F24ACEF-E4AA-43A5-A7B0-64DACC5BFA36-1024x768.jpeg" alt="" width="690" height="518" /> ވެކްސިން ޖެހުމަށް މީހުން ކިއު ހަދާފައި / ފޮޓޯ: ފެށުން[/caption]
މަބްރޫކް އިތުރަށް ވިދާޅުވީ، މައިގަނޑު ގޮތެއްގައި އެގޮތަށް ކިއުއަށް އަރައިގެން ތިއްބާ ފެންނަނީ ބިދޭސީން ކަމަށެވެ. އަދި އެ ބޭފުޅުންގެ އެމްޕްލޯޔާސްއަށް ވެސް މިކަން އެންގުން މުހިންމު ކަމުގައި މްބަރޫކް ފާހަގަ ކުރެއްވިއެވެ.
[caption id="attachment_101761" align="alignnone" width="690"]<img class="size-large wp-image-101761" src="https://cdn.dhen.mv/wp-content/uploads/2021/07/7CEC478D-71AE-4138-A360-DCD356D9CA0A-1024x768.jpeg" alt="" width="690" height="518" /> ވެކްސިން ޖެހުމަށް މީހުން ކިއު ހަދާފައި / ފޮޓޯ: ފެށުން[/caption]
އެޕޮއިންޓްމެންޓް ދޫކުރުމަށް ފަހު ކޮވިޑަށް ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ފެށިގެން ދިޔައިރު، ސޯޝަލް ސެންޓަރ ސަރަހައްދުގައި ގިނަ ބަޔަކު ކިއު ހަދައިގެން ތިބޭ މަންޒަރު މީސްމީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.







ކޮމެންޓް