Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް، ވަރަށް ސާފު: ރައީސް މައުމޫން

ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް، ވަރަށް ސާފު: ރައީސް މައުމޫން

ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ، އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމުގައި ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 30 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޙާލަތާ އެންމެ ގުޅޭ، ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ބޮޑު އަޣްލަބިއްޔަކުން ނިންމައިފައި ވަނީ ވެސް ރިޔާސީ ނިޒާމު ކަމުގައި ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

"ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް. ވަރަށްސާފު." ރައީސް މައުމޫން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/maumoonagayoom/status/1412364199775199232?s=20

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށާއި ބޮޑުވަޒީރު ކަމަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބޭނުންފުޅުވެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ކުރައްވާނީ އިދިކޮޅު ޕީޕީއެމްއާ އެކުގައި ކަމަށެވެ.

ނަމަވެސް ޕީޕީއެމްއިން ވަނީ އެވާހަކަތައް ދޮގު ކުރައްވައި، އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް