ރިޕޯޓް

ބަރުލަމާނީ ނުވަތަ ރިޔާސިއެއް ނޫން، ބޭނުންވަނީ ވެރިކަން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަބަދުވެސް އެންމެ ނުފޫޒުގަދަ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (އަންނި)އެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވުޖޫދުވުމާ އެކު ފެށިގެން އައި ނަޝީދުގެ ފިކުރު މިއަދު މިވަނީ މުޅި ރާއްޖެއަށް ފެތުރިފައެވެ. ނަޝީދުއަށް ތާއީދު ކުރާ އެތައް ރައްޔިތުންނެއް ދިވެހި ގައުމުގައި އެބަ ތިއްބެވެ.

Ads by MWSC

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަން ބަދަލު ކުރުމަށް ކުރީ ސަފުގައި ނުކުތް އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. ބަދަލަކަށް ދިވެހި ގައުމު ބޭނުންވެފައިވާކަން ދިވެހި ރައްޔިތުންނަށް އަންގައިދީ، އެކަން ރައްޔިތުންނަށް ވިސްނައިދީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވިއެވެ. މައުމޫން ނޫން ގޮތެއް ދިވެހިން ހޯދީއެވެ. އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ ފަދަ އެތައް ބައެއްގެ ބައިއަތު ހިފުމާއެކުގައެވެ.

ރައީސް ނަޝީދުގެ 2008ވަނަ އަހަރުގެ ވެރިކަން 2012ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 7ވަނަ ދުވަހު ވެއްޓުނީ ވަރަށް ވެސް ހިތި ގޮތަކަށެވެ. ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނު އިސްތިއުފާ ދެެއްވީ އަމިއްލަފުޅު އިޚްތިޔާރުގައެވެ. އެހެން ނަމަވެސް އެވަރަކުން އެމަނިކުފާނު ދުލެއް ނުދެއްވައެވެ. އަނެއް ދުވަހު އެމަނިކުފާނުގެ ވާހަކަ ވަނީ ބަދަލުވަފައެވެ. ވިދާޅުވީ "ބޮލުގައި ބަޑި ޖައްސައިގެން" މަޖުބޫރު ކޮށްގެން އިސްތިއުފާ ދެއްވީ ކަމަށެވެ.

ފާއިތުވެދިޔަަ ރިޔާސީ އިންތިޚާބުތަކުގައި ކޮންމެ އަހަރަކު ވެސް ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅީ ރައީސް ނަޝީދެވެ. 2013ވަނަ އަހަރުގެ އިންތިޚާބަށް ވެސް އެމްޑީޕީން ނުކުތީ "އެއްބުރުން" ވެރިކަން ކާމިޔާބު ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެހެން ނަމަވެސް އެ ފަހަރު ވެސް އެމްޑީޕީއަށް ވީ ނާކާމިޔާބެވެ. އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރައީސް ނަޝީދު ވީ ބައްޔެކެވެ.

ރައީސް ޔާމީނުގެ ދައުރުގައި ނަޝީދުގެ ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައެވެ. އަދި އަނެއްބައި ދުވަސްތައް އިނގިރޭސިވިލާތުގައި ހުންނަވައިގެންނެވެ. 2018ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެމްޑީޕީން ކަނޑައެޅި ކެނޑިޑޭޓަކީ ރައީސް ނަޝީދެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޓިކެޓް ދިނީ އިތުރު ގޮތެއް ނެތިގެންނެވެ.

ރައީސް ޞާލިހުއާއި ރައީސް ނަޝީދުގެ ގުޅުމާ ބެހޭގޮތުން އެކި ކަހަލަ ވާހަކަތައް މި ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ. ދެ ރައީސުންގެ ވިސްނުން ތަފާތު ކަމަށާއި ގުޅުން އެހާ ރަނގަޅު ނޫން ކަމަށް ވާހަކަތައް ދެކެވުނެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ރޭ ވެސް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޞާލިހުއާ އޮންނަން ޖެހޭ ގުޅުން އޮންނަން ޖެހޭ ހިސާބުގައި އެބައޮތް ކަމަށެވެ.

ރޭ ކްލަބް ހައުސްގައި އޮތް އާސްކް ސްޕީކާ ޕްރޮގްރާމްގައި 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވާނަންތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި 2023ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ އެ މަނިކުފާނު ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ކުރިމަތިލައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2023ވަނަ އަހަރު ރިޔާސީ އިންތިޚާބެއް އޮންނާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށާއި އެ ނިޒާމަށް ޕީޕީއެމުން ވެސް ތާއީދުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަގީގަތުގައި އެމަނިކުފާނުގެ ވާހަކަފުޅު އަޑުއެހި ކޮންމެ މީހަކަށް ވެސް ފާހަގަ ވާނެ އެއް ކަމެއް އެބައޮތެވެ. އެމަނިކުފާނަށް މައްސަލައަކީ ނިޒާމެއް ނޫނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަަމައަށް ވެސް އެމަނިކުފާނު ބޭނުންފުޅު ވަނީ ވެރިކަމެވެ. ބަރުލަމާނީ ނިޒާމު ވިޔަސް އަދި ރިޔާސީ ނިޒާމު ވިޔަސް އެމަނިކުފާނު ބޭނުންފުޅު ވަނީ ވެރިކަމެވެ.

2007 ވަނަ އަހަރު ދިވެހި ރައްޔިތުން ނޫނެކޭ ބުނި ނިޒާމު ބޮލުގައި އަޅުއްވައިގެން އެ ނިޒާމޭ ރިޔާސީ ނިޒާމޭ، ބޮޑަށް ރަނގަޅީ ބަރުލަމާނީ ނިޒާމޭ އެހެންނަމަވެސް ކޮންމެ ނިޒާމެއްގައި ވެސް ކެނޑިޑޭޓަކީ ރައީސް ނަޝީދުކަމަށް އެމަނިކުފާނު ނިންމެވުމުން މިއުޅެނީ އަދި ނިޒާމުގެ މައްސަލައެއް ނޫންކަން އެބަ ހާމަވެއެވެ.

2004 ވަނަ އަހަރު އެމްޑީޕީ ވުޖޫދުވީ އަބަދު އެކަކު ވެރިކަން ކުރާތީ އެ ފިކުރިއްޔާތާ ދެކޮޅަށެވެ. ނަމަވެސް އެ ދުވަހުން ފެށިގެން މިއަދު ވެސް އެމްޑީޕީގެ ލީޑަރަކަށް ރައީސް ނަޝީދު ފުދޭކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އެދަނީ ނިންމަވަމުންނެވެ.

Ads by Ooredoo
  1. މަސްއޮޑި

    ނަޝީދުު މާލޭގަަ ސަރުކާރުު ހުޅުވިކަމަށްް ބުނެެ އެއްވެސްް މަސަތްކަތެއްް ނުހިންގާާ ސަރުކާރުު ވައްތަރީީ ޖެއްސުންް ކުރަނީީ ކަމައްް ވިޔަފާރިި ޕާމިޓްް ލައިސަސްް މިތަކެތިި ނުދީީ ތިބެނީީ އެހެންް ވީމަަ ދަންނަވާލީ

  2. މުހައްމަދު

    ހަނދާން ނައްތާލާ!

  3. ♡♡♡■■■■

    މަރުހަބާ ☆☆☆☆ރައީސް.

  4. ގަމު މީހާ

    އަޅުގަނޑުވެސް އެމްޑީޕީ ނަމަވެސް އަންނި އާ ދެކޮޅު.. އަންނި ބޭނުންހާ ގޮތަކައް ރައްޔިތުން ހިމޭނުން ނުތިބޭނެ