Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިއްދޫން އިތުރު 13 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެ

ދިއްދޫން އިތުރު 13 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެ

ހއ. ދިއްދޫން އިތުރު 13 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ދިއްދޫ ހޮސްޕިޓަލުން މަޢުލޫމާތު ދޭގޮތުގައި އެ ރަށުން އަލަށް ފައްސިވި 13 މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި އެކަކާއި ގާތުން އެއްތާވި މީހުންގެ ގޮތުގައި ފާހަގަވި 12 މީހުންނެވެ. މިއާއެކު އެ ރަށުގެ ހަރަކާތްތެރި ވޭދަނައިގެ އަދަދު ވަނީ 118 އަށް އަރައިފައެވެ.

އެ ރަށުން މިހައިތަނަށް ޖުމްލަ 1050 ސުންކު ނެގިފައިވާއިރު، ނެގުނު ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 61 ސުންކެއް ވެއެވެ.

Advertisement
Ooredoo — Square (box)

ދިއްދޫގައި ކޮވިޑް ފެތުރެން ފެށީ އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވި ފަހުންނެވެ. އެ ވޭދަނައާ ގުޅިގެން ދިއްދުއަށް އަރައި ފޭބުން މަނާކޮށް ވަކި ތަރުތީބެއް ނެތި ސުންކު ނަގަން ވަނީ ފަށައިފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމާއެކު މިހާރު ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ މަދުވަމުންނެވެ. މިއާއެކު އެޅިފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދީފައެވެ. މިގޮތުން މާލެ ސަރަހައްދުގެ ކާފިއު ވަގުތު މަދުކޮށް ބަލި ޖެހި ރަނގަޅުވި މީހުންނަށް ބަލި ޖެހުނު ދުވަހުން ފެށިގެން 60 ދުވަސްތެރޭ ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ އުސޫލެއް ވެސް ވަނީ އެކުލަވައިލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް