މާލެއިން ފައްސިވީ 23 މީހުންނާ އެކު މިއަދު ފައްސިވީ 105 މީހުން
ރާއްޖެއިން މިއަދު އިތުރު 105 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 23 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 74 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ އިތުރު 7 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން އެކަކެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 74،585 މީހުންނެވެ. މީގެ ތެރެއިން 3،148 މީހުން އަދިވެސް ބަލިން ރަނގަޅު ނުވެ ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ރިކޯޑް ކުރެވިފައިވެއެވެ.
ބަލިން ފަސޭހަވެފައި ވަނީ 71،212 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ނިޔާވެފައިވެއެވެ.
Ads by Allied Insurance