މޮނީޓަރިންގައި މިވަގުތު އޮތީ 30 ރަށެއް؛ އެންމެ ގިނައީ ގއގެ ރަށްތައް

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު މިވަގުތު މޮނީޓަރިންގައި އޮތީ 30 ރަށެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ރޭ ހާމަކޮށްފައިވާ ލިސްޓުން ދައްކާ ގޮތުގައި، މިވަގުތު މޮނީޓަރިންގައި އެންމެ ގިނައިން އޮތީ ގއ. އަތޮޅުގެ ރަށްތަކެކެވެ. އެ އަތޮޅުން ފަސް ރަށެއް މިވަގުތު އޮތީ މޮނީޓަރިންގައެވެ.
މޮނީޓަރިންގައި މިވަގުތު އޮތް ރަށްތަކާއި، އެ ހާލަތަށް ލެވުނު ތާރީޚް
- ޅ. ނައިފަރު (21-3-23)
- އދ. މާމިގިލި (21-4-4)
- ކ. ހިއްމަފުށި (21-4-19)
- ލ. ގަން (21-4-24)
- ލ. ފޮނަދޫ (21-4-24)
- ގދ. ތިނަދޫ (21-4-24)
- އައްޑޫސިޓީ: ހިތދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ (21-5-1)
- ފ. ފީއަލި (21-5-2)
- ލ. އިސްދޫ (21-5-5)
- ލ. މާވަށް (21-5-6)
- ޏ. ފުވައްމުލައް (21-5-6)
- ގދ. ގައްދޫ (21-5-9)
- ގއ. ދާންދޫ (21-5-12)
- ގއ. ގެމަނަފުށި (21-5-13)
- ގއ. ވިލިނގިލި (21-5-15)
- ލ. ކަލައިދޫ (21-5-15)
- ނ. މިލަދޫ (21-5-15)
- ކ. ދިއްފުށި (21-5-16)
- މ. މުލައް (21-5-22)
- ރ. އަލިފުށި (21-5-24)
- އއ. ތޮއްޑޫ (21-5-24)
- ރ. ދުވާފަރު (21-5-25)
- ނ. ވެލިދޫ (21-5-28)
- ރ. ފައިނު (21-6-6)
- ހދ. ހަނިމާދޫ (21-6-9)
- ގއ. ކޫއްޑޫ (21-5-12)
- ގއ. މާމެންދޫ (21-6-12)
- ގއ. ކޮލަމާފުށި (21-6-16)
- ހއ. ދިއްދޫ (21-6-24)
- ރ. މީދޫ (21-6-30)
މޮނީޓަރިންއަށް ލައިފައިވާ ރަށްރަށަށް އެޗްޕީއޭގެ ޚާއްސަ ހުއްދައަކާ ނުލައި އަރައި ފޭބުން މަނާ ވާނެއެވެ. ރަށްތައް މޮނީޓަރިންގަށް ލަނީ، ކަރަންޓީނުން ބޭރުން މީހަކު އެ ރަށަކުން ކޮވިޑް-19 އަށް ފައްސި ވެއްޖެނަމަ، އެމީހާއާ ގާތުން އެއްތާވި މީހުން ހޯދުމަށާއި ރަށަށް ފެތުރިފައިވާ މިންވަރު ހޯދުމަށް ވަކި ތަރުތީބެއް ނެތި ސުންކު ނެގުމަށެވެ.

Ads by HDC