Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގައި ހިންގަމުން އައި ކާފިއު އުވައިލައިފި

މާލޭގައި ހިންގަމުން އައި ކާފިއު އުވައިލައިފި

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު މިހާރު ރަނގަޅުވުމާ ގުޅިގެން، މާލެ ސަރަޙައްދުގައި ހިނގަމުން އައި ކާފިއު އުވައިލައިފިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ކާފިއު އިއުލާނު ކޮށްފައެވެ. އެގޮތުން ފުރަތަމަ ކާފިއު ގަޑި ފަށައިފައި ވަނީ ރޭގަނޑު 9:00 އަނެއް ދުވަހުގެ ފަތިހު 4:00 އަށެވެ. ދެ ހަފްތާއަށް އިއުލާނު ކުރި އެ ފިޔަވަޅަށް ފަހު ވެސް ކޮވިޑް ހާލަތު ރަނގަޅު ނުވުމުގެ ސަބަބުން އެ ވަގުތު ވަނީ ހަވީރު 4:00 އިން ފަތިހު 4:00އަށް ބަދަލު ކޮށްފައެވެ.

އެއަށް ފަހު މިދިޔަ ޖޫން މަހު ކޮވިޑް ހާލަތު ރަނގަޅުވަމުން ދިޔުމުން، އެޗްޕީއޭ ވަނީ މާލޭގެ ކާފިއު ގަޑި އިރުއޮއްސި 6:00 އިން ފަތިހު 4:00އަށް ބަދަލު ކޮށްފައެވެ. އަދި އޭގެ ދެ ހަފްތާފަހުން އެޗްޕީއޭއިން އިތުރު ލުއިތަކެއްދީ ރޭގަނޑު 8:00 އިން ފަތިހު 4:00އަށް ކާފިއު ގަޑި ބަދަލު ކުރިއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްޢަޒީޒް ވިދާޅުވީ، މިހާރު މާލެ ސަރަޙައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތު އުވައިލުމަށް ނިންމަވައިފައިވާ ކަމަށެވެ. އަދި މިއާއެކު ވިޔަފާރި ކުރާ ތަންތަނާއި ކެފޭ ރެސްޓޯރަންޓުތަކުގެ ޚިދުމަތްތައް ވެސް އުސޫލުތަކާ އެއްގޮތަށް ދޭން ފެށޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް