Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާފަރުގައި އަޟްހާ އީދާ ދިމާކޮށް ފޯރިގަދަ ވޮލީ މުބާރާތެއް

މާފަރުގައި އަޟްހާ އީދާ ދިމާކޮށް ފޯރިގަދަ ވޮލީ މުބާރާތެއް

އަޟްހާ އީދާ ދިމާކޮށް ނ.މާފަރުގައި ފޯރިގަދަ ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ދި އައިލެންޑް ސްޕޯޓްސް އެކަޑަމީއާއި ނ.މާފަރު ކައުންސިލާ ގުޅިގެން ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12ވަނަ ދުވަހުއެވެ.

މި މުބާރާތާ ގުޅިގެން “ދެން”އާ ވާހަކަ ދައްކަވަމުން މި މުބާރާތް ހިންގާ ކޮމިޓީގެ ރައީސް މަޒީން މުހައްމަދު ވިދާޅުވީ މިއީ މާފަރުގައި މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މުބާރާތް ކަމަށެވެ. އެގޮތުން މި މުބާރާތަށް ޓީމުތަކުން ގައުމީ ފެންވަރުގެ ކުޅުންތެރިން ވެސް ރަށުން ބޭރުން ގެންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މި މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށާއި މުބާރާތަށް ހުރިހާ ޓީމުތަކެއް ވެސް ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން ކަމަށް ވެސް އޭނާ ފާހަގަ ކުރެެއްވިއެވެ.

މާފަރަކީ ވޮލީގެ ފޯރި އަބަދުވެސް ވަރަށް ގަދަ ރަށެކެވެ. ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އުޅޭ މާފަރުގައި މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ބޭއްވޭ މި މުބާރާތް ވާނީ އެރަށުގައި ވޮލީގެ ފޯރި އިތުރަށް ގަދަ ކޮށްދޭ ކަމަކަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް