Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޭރުން އަންނަ ފަރާތްތައް ކަރަންޓީންވާން ޖެހޭނީ ހަތް ދުވަހަށް

ބޭރުން އަންނަ ފަރާތްތައް ކަރަންޓީންވާން ޖެހޭނީ ހަތް ދުވަހަށް

ބޭރު ޤައުމުތަކުން ރާއްޖެއަށް އަންނަ ، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތައް ކަރަންޓީންވާން ޖެހޭ މުއްދަތު 7 ދުވަހަށް މަދުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ބޭރު ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން 96 ގަޑިއިރު ވެފައި ނުވާ ނައްސި ޕީސީއާރް ޓެސްޓެއް ގެންނަން ވާނެ ކަމަށެވެ.

"96 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެއް ގެންނައިރު، އެ ބޭފުޅުން 7 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ. ވެކްސިން ގެ ދެ ޑޯޒް ޖެހުމަށް ފަހު 14 ދުވަސް ފުރިހަމަ ކޮށްފައިވާ ނަމަ 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އަދި އެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ރިލީސް ސާމްޕަލްއެއް ވެސް އެބޭފުޅުން ނަންގަވަން ޖެހޭނެ" މަބްރޫކް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އިންޓަނޭޝަނަލް ޓްރެވެލާސްއަކީ ދިވެހިން އެކަނި ނޫން ކަމަށާއި ވެކްސިންގެ ގޮތުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބަލައިގަންނާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޤަބޫލުކޮށްފައިވާ ވެކްސިންތައް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް