Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް މުބާރާތްތައް ނުބޭއްވޭނެ!

ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް މުބާރާތްތައް ނުބޭއްވޭނެ!

މާލޭ ސަރަހައްދުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފިއެވެ.

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިއަދު ދިން ލުއިތައް އިޢުލާން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި ރައީސް އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ހުރިހާ ކުޅިވަރެއް ކުޅުމަށާއި ކަސްރަތު ކުރުމަށް މިހާރު އަޅައިފައިވާ ފިޔަވަޅުތައް އުވައިލައި ކުޅިވަރު ކުޅެން ހުއްދަ ދިނުމަށް ވަނީ ނިންމައިފައިވާ ކަމަށެވެ.

ކުޅިވަރުތަކަށް ހުއްދަ ދިން ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުން އަދި ވަނީ ހިފެހެއްޓިފައެވެ.

Advertisement
Allied Insurance — Square (box)

މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮވިޑްއާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތަކަކަށް ވަނީ ލުއި ދީފައެވެ. އޭގެ ތެރޭގައި ކަނޑައެޅިިފައިވާ ގައިޑްލައިންތަކާ އެކީގައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ހުޅުވައިލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް