Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރިސޯޓުތަކުން ކޮންމެ މަހަކު ސުންކު ނަގަން މަޖުބޫރުކޮށްފި

ރިސޯޓުތަކުން ކޮންމެ މަހަކު ސުންކު ނަގަން މަޖުބޫރުކޮށްފި

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ލުއިތައް ދިނުމާ އެކު ރިސޯޓްތަކުގައި ކޮންމެ މަހަކު ވަކިތަރުތީބެއް ނެތި ކޮވިޑަށް ޓެސްޓްކުރާ ސުންކު ނަގަން ޖެހޭ ގޮތަށް ހަދައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްޢަޒީޒް ވިދާޅުވީ، ރިސޯޓްތަކުން ކޮންމެ މަހަކު އެރިސޯޓެއްގެ މުވައްޒިފުންގެ 10 ޕަސެންޓް ސުންކު ނަގައި ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި ރިސޯޓްތަކުގައި އުޅޭ މުވައްޒިފުންނަށް ކަރަންޓީން ވުމަކާ ނުލާ މޮނިޓަރިންގައި ނެތް ރަށްތަކަށް ދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

މަބްރޫކް ވިދާޅުވީ މިގޮތަށް ލުއި ދޭން ނިންމީ ރިސޯޓްތަކުގައި އުޅޭ މުވައްޒިފުން ވެކްސިން ފުރިހަމަކޮށްފައިވާ ރޭޓް މަތިވުމުން، ބައްޔަށް ފައްސިވާ މީހުންގެ ރޭޓް މަދުވުމުންނެވެ.

Advertisement
HDC — Sidebar (box)

"ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން 70 އިންސައްތައަށް ވުރެ ގިނަ މީހުން މިވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައ، 14 ދުވަސް ހަމަކޮށްފައި. އެކަމުގެ ސަބަބުން ރާއްޖޭގެ ރިސޯޓްތަކުގައި ކޮވިޑް-19 ޕޮޒިޓިވީ ރޭޓް ވަރަށް ބޮޑަށް ދަށް" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ރިސޯޓްތަކުގައި ވަކި އިންތިޒާމެއްގެ ދަށުން ކޮވިޑަށް ޓެސްޓް ކުރުން މަޖުބޫރު ކުރަނީ ޚާއްސަ އުސޫލުތަކެއްގެ ދަށުން ރިސޯޓް މުވައްޒަފުންނަށް ރަށްރަށަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިފައި ވާތީ ކަމަށެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ރިސޯޓު މުވައްޒަފުން ކޮވިޑަށް ނައްސި ވެއްޖެ ނަަމަ، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭގޮތަށް ލުއި ދިނުމަށް ވަނީ ނިންމައިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް