Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

18 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަރަންޓީނަކާ ނުލައި ދަތުރެއް ނުކުރެވޭނެ: ޑރ. ނަޒްލާ

18 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަރަންޓީނަކާ ނުލައި ދަތުރެއް ނުކުރެވޭނެ: ޑރ. ނަޒްލާ

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ކަރަންޓީނަކާ ނުލައި އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ނުކުރެވޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިއަދު އެޗްޕީއޭއާއި ރައީސް އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުވުމެއް ނެތި އަތޮޅުތެރެއަށް ދަތުރު ކުރުމުގެ ހުއްދަ ދީފައި ވަނީ ހަމައެކަނި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށެވެ.

"އެއީ ވެކްސިން ފުރިހަމަކުރުމުން ކޮވިޑުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބޭތީ ނިންމާފައިވާ ގޮތެއް،" އެކަން އިތުރަށް ތަފްސީލު ކޮށްދެއްވަމުން ޑރ. ނަޒްލާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އަދި ނުޖަހާތީ، ޑރ. ނަޒްލާ ވިދާޅުވީ އެކުދިންނަށް ކަރަންޓީނަކާ ނުލައި ދަތުރު ނުކުރެވޭނެ ކަމަށެވެ. އެއީ އެކުދިންގެ ފަރާތުން ވެސް އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް