ޚަބަރު

މެއި6ގެ ހަމަލައާ ގުޅިގެން ހައްޔަރުކުރި 3 މީހަކު ދޫކޮށްލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއެއް- ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ތިން މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

Ads by MWSC

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނެރުއްވި އަމުރުގައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެއް ދޫކޮށްލުމަށް އަންގައިފައެވެ.

އެ ތިން މީހުންނަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލައިގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ތިން މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ފަހުމީ އަލީއާއި ޔާސީމް އަދި އިޝްހާގު ނަމަކަށް ކިޔާ ތިން މީހުންނެވެ.

ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލަން މިއަދު އަމުރު ނެރެފައި ވީ ނަމަވެސް އެ މީހުން ދޫކޮށްލީ ކޮން ސަބަބަކާހުރެ ކަމެއް ސާފުވެފައެއް ނުވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 8 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައި ވަނީ 4 މީހެއްގެއެވެ. އެ މީހުންނަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.

Ads by HDC
  1. ޚިޔާާލު ފާޅުކުރާ މީހާ

    5 މީހުންގެ ނަން ޢާންމުކުރި. ޢަލީ ހައިޝަމް