Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށް ވެސް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ

18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށް ވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ދަތުރުކުރެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލިބޭ ލުއިތައް އާއްމު ކުރިއިރު ވެކްސިން ނުޖެހޭ ކުޑަކުދިން ރަށްރަށަށް ދަތުުރު ކުރާނަމަ ކަރަންޓީންވާން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނެގެޓިވް ޕީސީއާރ ޓެސްޓް ހެދުމަށް ފަހު 18 އަހަރުން ދަށުގެ ކުޑަ ކުދިން ކަރަންޓީންވާން ނުޖެހޭ ކަމަށެވެ. ނެގެޓިވް ޕީސީއާރާ އެކު ކުޑަކުދިންނަށް ދަތުުރު ކުރެވެނީ މޮނިޓަރިންގައި ނެތް ރަށްރަށެވެ. https://twitter.com/MvSpokesperson/status/1412838601587449862?s=20 މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީިންވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް