Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދެކުނު އޭޝިއާއިން އަންނަ މީހުން ކަރަންޓީންވާން ހަމަޖައްސައިފައި ވަނީ ތިން ގެސްޓް ހައުސްއެއް

ދެކުނު އޭޝިއާއިން އަންނަ މީހުން ކަރަންޓީންވާން  ހަމަޖައްސައިފައި ވަނީ ތިން ގެސްޓް ހައުސްއެއް

ދެކުނު އޭޝީއާގެ ޤައުމުތަކުން ރާއްޖެއަށް އެތެރެވާ ފަރާތްތައް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭ ގެސްޓް ހައުސްގެ ތަފްސީލް އާއްމުކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ބުނެފައި ވަނީ ދެކުނު އޭޝިއާއިން ވޯކް ޕަރމިޓްގައި ދިވެހިރާއްޖެއަށް އައުމަށް 2021 ޖުލައި 7 ވަނަ ދުވަހުން ފެށިގެން ހުޅުވައިލުމަށް ނިންމައިފައިވާ ކަމަށާއި އެފަދަ ފަރާތްތައް ރާއްޖެއަށް ދަތުރުކޮށް ކަރަންޓީނު ވާން ޖެހޭނީ ބީހައިވް ހޮޓެލް ނުވަތަ ތްރީ އިން ނޫނީ ވައިޓްހާޕް ގެސްޓް ހައުސްގައި ކަމަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތައް އަމަލު ކުރަން ޖެހޭ ގޮތް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ.

<strong>ކަރަންޓީނު ވާ ތަން </strong>

Advertisement
Allied — Dhen Online (box)

1. ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދީފައިވާ ކަރަންޓީނު ފެސިލިޓީތައް.

2. އަމިއްލަ ކުންފުނި ތަކުންނާއި ރިޒޯޓްތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުން އެތަންތަނުގެ މުވައްޒަފުން ކަރަންޓީނުކުރުމަށް ކަނޑައަޅާފައިވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ހުއްދަ ދީފައިވާ ތަންތަން.

3. ކަރަންޓީނު ކުރަން ހުއްދަ ދީފައިވާ ތަންތަނުގެ ލިސްޓެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރަމުން ދާނެ. ލިސްޓް <a href="https://covid19.health.gov.mv/guest-houses-allocated-as-quarantine-facilities-7-7-2021/">މިލިންކް</a>އިން ފެނިވަޑައިގަންވާނެ.

<strong>ކަރަންޓީނުގެ މުއްދަތު</strong>

1 ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރެވޭނެއެވެ. ނަމަވެސް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އެމަރޖަންސީގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް- 19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާނަމަ، ކަރަންޓީނު ވާންޖެހޭނީ 7 ދުވަހު ގެ މުއްދަތަށެވެ.

2 ކަރަންޓީނު ކުރެވޭ ފަރާތްތައް ކަރަންޓީނުން ދޫކުރެވޭނީ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށް ފަހު، ޕީ.ސީ.އާރު ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުންނެވެ.

3.އެކަކަށްވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވާނަމަ، އޭގެތެރެއިން އެއްވެސް މީހަކު ޕޮޒިޓިވް ވެއްޖެނަމަ ދެންތިބި އެންމެންގެ ކަރަންޓީނު މުއްދަތު އިތުރު ވާނެއެވެ. ޕޮޒިޓިވްވި މީހާ އެކަހެރިނުވެ ބަލިން ރަނގަޅުވަންދެން ދެންތިބި މީހުންނާއެކުގައި ހުރިނަމަ، ކޮންޓެކްޓުންގެ ކަރަންޓީނުގެ 14 ދުވަސް ގުނަން ފަށާނީ، ޕޮޒިޓިވްވި މީހާ ބަލިން ފަސޭހަވާ ދުވަހުން ފެށިގެންނެވެ. އެކަހެރިވެ ހުރިނަމަ، ޕޮޒިޓިވްވި މީހާ އެކަހެރިވާ ދުވަހުން ފެށިގެންނެވެ.

<strong>ރާއްޖެއަށް އެތެރެވުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން </strong>

1 ރާއްޖެއަށް އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާއެއް އޮތުން.

2 ރާއްޖެއަށް ދަތުރު ކުރުމުގެ ކުރިން އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލްގައި މަޢުލޫމާތު ފުރިހަމަކުރުން.

3 .ރާއްޖެއަށް ދަތުރު ކުރުމުގެ 24 ގަޑިއިރު ކުރިން ކަރަންޓީނު ވުމަށް އެދި [email protected] އަށް، ރާއްޖެއަށް އަންނަ ފަރާތުން ނުވަތަ އެފަރާތެއް ރާއްޖެއަށް ގެނައުމުގައި ޒިންމާވާ ފަރާތުން ހުށަހެޅުން.

3 .ކަރަންޓީނުވުމަށް އެދި ހުށަހަޅާއިރު، ކަރަންޓީނުވާ ތަން ހަމަޖެހިފައިވާ ކަމުގެ ލިޔުން އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ދަތުރުކުރުމުގައި މި ލިޔުންތައް ދެއްކޭނެގޮތަށް ހަމަޖެހިފައި ހުންނަން ވާނެއެވެ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް